ޚަބަރު

އަލިފާނުގެ ޙާދިސާ: އަލިފާންގަނޑު ކޮންޓްރޯލްވެއްޖެ - އެމްއެންޑީއެފް


ހެންވޭރު ޢިމާރާތްތަކެއްގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލައިފިއެވެ.

މިއަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި އެއަރޕޯޓްސް ކޮމްޕެނީގެ ފަޔަރ ލޮރީގެ އެހީތެރިކަމާއެކުގައެވެ. މި އަލިފާން ކޮންޓްރޯލްކުރުމަށް ފެނާއި ފޯމް ބޭނުންކޮށްފައިވެއެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރިކަން ހާމަކުރައްވަމުން އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.

އަލިފާން ރޯވެފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގައެވެ. އެއާއެކު ގަދަގޭ މުޙައްމަދުފުޅު ބިލްޑިންގގައި އަލިފާން ހިފައި ވަރަށްބޮޑަށް ރޯވެފައިވެއެވެ. އެ އިމާރާތަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތެވެ. މިއަލިފާނުގެ ޙާދިސާގައި ލިބުނު ގެއްލުމުގެ ސީދާ ތަފްސީލެއް އަދި ނުލިބެއެވެ.

ހެލްތު މިނިސްޓްރީން ވަނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ދުން ހުރުމާއެކު، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިންމެވެ. އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ އަސަރު ކުރުމަކީ ނުރައްކާވެދާނެ ކަމެކެވެ.

ލީނާ

ވަރަށް ރަނގަޅު?