ޚަބަރު

އަލިފާނުގެ ހާދިސާ : "އެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ރިޕޯޓްކުރައްވާ"


އަލިފާނުގެ ޙާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންނާއި، ޕޮޒިޓިވްވި މީހުންނާ، ކޮންޓެކްޓް ނުވަތަ ސީދާ ދިމާވެފައިވާ މީހުން ރިޕޯޓް ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

އަލިފާނުގެ ޙާދިސާއާ ގުޅިގެން އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ބޮޑުތަކުރުފާނު މަގު އެސް.ބީ.އައި ސަރަޙައްދުގައި ހިނގަމުންދާ އަލިފާނުގެ ޙާދިސާގެ ސަބަބުން އަރަމުންދާ ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި އަލިފާނުގެ ޙާދިސާ ހިނގާ ސަރަޙައްދަށް ޢާއްމުފަރާތްތަކުން ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަލިފާނުގެ ޙާދިސާއާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ މިވަގުތު ބޮޑުތަކުރުފާނު މަގު އެސް.ބީ.އައި ސަރަޙައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރުކުރާ ހިސާބަށް ޢާއްމު ފަރާތްތަކުން ނުދިޔުމަށާއި، ދުމުގެ އަސަރުކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިންމުކަމަށެވެ.

ޚާއްސަކޮށް ޢުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެތީ އެކަމަށްވެސް ރައްކާތެރިވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.