ޚަބަރު

"އަލިފާނުގެ ޙާދިސާއާ ގުޅިގެން ޚާއްސަ ސަމާލުކަން ދޭންޖެހޭ ކަންކަން"


އަލިފާނުގެ ހާދިސާއިން ރައްކަތެރިވުމަށް ސިއްޙީގޮތުން ކުރިމަތިވެފައިވާ މިޙާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިންވަނީ އެސަރަހައްދަށް މީހުން ނުދިއުމަށާއި، އެސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެ ކޮންޓެކްޓް ވެފައިވާ މީހުން ވީހާވެސް އަވަހަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެޗްޕީއޭއިން ވަނީ މިޙާލަތުގައި އެސަރަހައްދުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމަށް ޚާއްސަ އިލްތިމާސްތަކެއް ކުރައްވާފައެވެ.

ދުމުގެ ނޭދެވޭ އަސަރު ތަކުން ރައްކާތެރިވުން

  • ދުމުގެ އަސަރު ކޮށްފައިވާ ސަރަހައްދަށް ނުނިކުތުން (ކޮންމެހެން ނުކުންނަންޖެހިއްޖެ ހާލަތެއްގައި މެނުވީ)
  • ދުމުގެ އަސަރު ކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން
  • ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް، ދުމަށް ނުވަދެވޭގޮތަށް ބަންދުކުރުން
  • ނޭވާލާ ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ
  • ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ

އެޗްޕީއޭއިން ވަނީ މިޙާލަތުގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް ޢަމަލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.