ޚަބަރު

ކުޅުދުއްފުށްޓާއި ތިނަދޫ މޮނިޓަރިންގެ ޙާލަތަށް


ތިލަދުންމަތީ ދެކުނުބުރީ ކުލުއްދުފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނައި ކުއްޖަކު ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ. ޕޮޒިޓިވްވެފައިވަނީ ޢުމުރުން 7 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެޗްޕީއޭއިން ވިދާޅުވީ، އެކުއްޖާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށްދާކަމަށާއި، އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށެވެ. އެހެންކަމުން އެރަށަށް އަރާފޭބުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެކުއްޖާ މާލެ ގެނައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަކުގައި 4 ދުވަހު ފަރުވާދިނުމަށްފަހުއެވެ.

ކުޅުދުއްފުށީނން މާލެގެނައި މީހަކު ކޯވީޑަށް ޕޮޒިޓިވްވާއިރު ގދ.ތިނަދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކުވެސް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށްވެސް ވަނީ މިނިޓަރިންގެ ޙާލަތަށްލާފައެވެ. ތިނަދޫއިން މާލެއަށް ދަތުރުކުރާ ބޯޓުގެ ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައްހުރެގެން ބައްޔަށް ޓެސްޓްކުރުމަށް ނެގި ސާމްޕަލުންނެވެ.