ޚަބަރު

ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ލ.އަތޮޅަށް ވައިޓް އެލާޓް ނެރެފި


ނ. އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓްއެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ، މިއަދުގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 14:00އަށެވެ. އެގޮތުން ނ. އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިރުޝާދުދެއެވެ.

މާލެއަށް ރޭ ފަތިހުން ފެށިގެން ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.