ޚަބަރު

ލޭންޑިން ކްރާފްޓެއް ފަރަށް އަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރި ވަނީ


ހަތް މީހުންނާއިއެކު ދަތުރުކުރި ލޭންޑިން ކްރާފްޓެއް ފަރަށް އަރުމާއި ގުޅިގެން ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހަތްމީހުންނާއިކު މާލެއިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރި 140 ފޫޓުގެ "ވެހީ ސްޓާ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ށ.ނަލަންދޫ ފަރަށް އަރައި، ދިޔަވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓް ގާޑް ސްކޮޑުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފަިއވަނީ ރޭ މެންދަމުން އަލިވެ 1:15 ކަން ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި އުޅަނދުގައި 3 ދިވެއްސަކާއި، 4 ބިދޭސީއަކު ތިބިކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅު ވެއެވެ.