ކުޅިވަރު

ބޮޑީ ބޯޑިންގ ބައިގެ ޗެމްޕިއަންކަން އަލީ ހުޝްރުވާން ހޯދައިފި


މޯލްޑިވްސް އޯޕަން
ރާޅާއެޅުމުގެ މުބާރާތުގެ ބޮޑީ ބޯޑިންގ ބައިގެ ޗެމްޕިއަންކަން އަލީ ހުޝްރުވާން
ހޯދައިފިއެވެ.

 މިހާރު ހުދުރަންފުށި ރިސޯޓްގައި ކުރިއަށްދާ މޯލްޑިވްސް އޯޕަން
ރާޅާއެޅުމުގެ މުބާރާތުގެ ބޮޑީ ބޯޑިންގ ބައިގެ ޗެންޕިއަންކަން އަލީ ހުޝްރުވާން
ހޯދީ ފައިނަލްގައި އަލީ ޖާވިދުއާއި ވާދަކޮށް ކުރިހޯދައިގެންނެވެ. މިބައިގެ ފައިނަލަށް ހުޝްރުވާން
ދަތުރުކުރީ މިދިޔަ އަހަރުގެ ބޮޑީ ބޯޑިންގ ބައިގެ ޗެންޕިއަންކަން ހޯދި
ގެވިން ބޮތާ ބަލިކޮށްގެންނެވެ.

މިމުބާރާތުގެ މެންސް އޯޕަންގެ ޗެންޕިއަންކަން
ހޯދީ އިސްރޭލްގެ ޔޮނީ ކެލައިންއެވެ. މިބައިގެ ދެވަނަ ހޯދީ މޭޑް އަޑީ
ޕުޓްރާއެވެ. މިމުބާރާތުގެ ވިމެންސް އޯޕަންބައިގެ ޗެންޕިއަންކަން ހޯދީ ޖަޕާންގެ
ރީނާ ކިޓަޒާވާއެވެ. މިއީ މިބައިގެ ޗެންޕިއަންކަން ރީނާ ހޯދި ދެވަނަ ފަހަރެވެ. ވިމަންސް
އޯޕަންގެ ދެވަނަ ހޯދީ އިންޑޮނޭޝިޔާގެ ކައި ޗޯންސަންއެވެ. ތިންވަނަ
ހޯދީ އެމެރިކާގެ ކެއިޓީ ގްރީފިންއެެވެ. އަދި މިބައިގެ ހަތަރުވަނަ ހޯދީ
އެމެރިޔާގެ އެމީ ކޮޗްއެވެ.



މިމުބާރާތުގެ ޖަޖްކަން ކޮށްފައިވަނީ ބަޔޯ އިންޓަރނޭޝަނަލް ސެޓިފައިޓް ޖަޖުންނެވެ. މިޖަޖިންގ
ޕެނަލްގައި ރާއްޖޭގެ ތިން ޖަޖުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެއް އަންހެން
ޖަޖްވެސް ހިމެނެއެވެ.