މާލެ ސަރަހައްދުތަކުގެ ސްކޫލުތަކުގެ ގުރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް މިނިސްޓްރީ އޮފް ނިންމަވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، މާލެ ސިޓީގެ ސްކޫލުތަކުގެ މިދެ ގުރޭޑްގެ ދަރިވަރުންނަށްގެ ތެރެއިން ގްރޭޑް 8 ދަރިވަރުންގެ ކިޔެވުން ސްކޫލުތަކުގައި ފެށުމަށް ނިންމަވާފައި ވަނީ، މިހިނގާ އޮކްޓޫބަރުމަހުގެ 19 ވާ ހޯމަ ދުވަހުން ފެށިގެންނެވެ.
އަދި ގުރޭޑް 7 ގެ ދަރިވަރުންނަށް ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ނިންމަވާފައިވަނީ، މިހިނގާ އޮކްޓޫބަރު މަހުގެ 25ވާ އާދީއްތަ ދުވަހުން ފެށިގެން ކަމުގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.
އެމިނިސްޓްރީން ވިދާޅުވީ، މިގޮތަށް ނިންމަވާފައި ވަނީ، ކޯވިޑް-19ގެ ޙާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު، އަލުން ކިޔަވައިދޭން ފަށާފައި ވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު އަތޮޅުތަކުގައި ގްރޭޑް 1 އިން ފެށިގެން 12 ދަރިވަރުންނަށް ކިޔަވައިދޭން ނިންމި ނަމަވެސް މާލޭގެ ހާލަތަށް ބަލާ ކިޔަވއިދެމުން އައިސްފައިވަނީ ގްރެޑް 9 އިން 12އަށެވެ. އެހެންނަމަވެސް ކޯވިޑް-19 މާލޭގައި ފެތުރުން އިތުރުވަމުން އަންނާތީ ސްކޫލްތައް ހުޅުވައިގެން ކިޔަވާ ނުދޭން އެޑިއުކޭޝަން މިނިސްޓްރީން އެކި ފަހަރުމަތިން އައީ ނިންމަމުންނެވެ. އެގޮތުން މާލެ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން މިޑް ޓާރމްއަށް ފަހު ފަށާފައެއް ނުވެއެވެ.
އަދި މާލެ ސަރަހައްދުގެ ހާލަތު ރަނގަޅުވާން ފެށުމުން ގުރޭޑް-9ން 12 އާއި ދެމެދުގެ ގުރޭޑްތަކުގެ ދަރިވަރުންނަށް އަލުން ސްކޫލުތަކުގައި ކިޔަވައިދޭން ފެށީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.
ކޯވިޑް-19ގެ ހާލަތު ގޯސްވުމުން ސްކޫލުތަކުގައި ކިޔަވައިދިނުން މެދު ކަނޑާލި ނަމަވެސް، ޓެލެކުލާސްތަކާއި އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދެމުން ގެންގޮސްފައި ވެއެވެ.
ފާއިތުވި ހަފްތާއިން ފެށިހެން މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ ދަށަށް ގޮސްފައެވެ.