ޚަބަރު

މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގައި ޗިޓް ހަވާލު ނުކުރެވިގެން މީހަކު ހޯދަން އިޢުލާންކޮށްފި


މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފިއެވެ.

ފުލުހުން ހޯދަން އިޢުލާން ކޮށްފައިވަނީ ސ. ހިތަދޫ، އޯކިޑްވިލާ، މޫސާދީދީ (51އ)އެވެ. މީނާ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އަންގާ އެކަންވަނީ އިއުލާންކޮށްފައެވެ.

މީނާ ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުކުރުމަށް ކަމަށް ފުލުހުންގެ އިޢުލާންގައި ހާމަކޮށްފައިވެއެވެ.