އެމްޑަބްލިއުއެސްސީ ކައިރިން ފެނުނީ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެއްގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ރޭ ފުލުހުން ހަރަކާތްތެރިވެފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ނުރައްކާތެރިއެއްޗެއް ނޫންކަން ފުލުހުންނަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ފުލުހުން ރޭ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ އަމަލެއް ފުލުހުން ވަނީ ހުއްޓުވާފައެވެ.