ޚަބަރު

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ


އިއްޔެ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިއެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 10 ޖަހާއެހާކަންހާއިރު ބާރު ސްޕީޑުގައި މާލޭގެ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށް ބޮޑުތަކުރުފާނު މަގަށް ނުކުތް ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގިއިރު ފަހަތުގައި އިން 24 އަހަރުގެ އަންހެނަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ އައިޝަތު ނަޒްރާ ނަމަކަށް ކިޔާ ޒުވާނެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަޒްރާގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ޢަޞްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.