ޚަބަރު

ކޯވިޑް-19: 34 މީހުންނަށް ބަލި ޖެހި، 30 މީހުން ރަނގަޅުވެއްޖެ


ރާއްޖެއިން މިއަދު އިތުރު 34 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 30 މީހުން ބަލިން ރަނގަޅުވެއްޖެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަދުވަހު އިރުއޮއްސި 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 15 މީހުންނެވެ. އަދި މީހުން ދިިރއުޅޭ ރަށްރަށުން 9 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން ރިސޯޓްތަކުން 8 ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން ވަނީ 2 މީހުން ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13308 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން 30 މީހުންވަނީ ކޯވިޑް-19 ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12621 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 633އެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 66މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2058 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 263107 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 47 މީހުން ވަނީ ނިޔާވެފައެވެ. އެއީ 39 ދިވެހިންނާއި، 8 ބިދޭސީންނެވެ.