ދުނިޔެ

އަންނަމަހުގެ ނިޔަލަށް ޖަފާނުގެ ބޯޑަރުތައްވެސް ބަންދު

ޖަޕާނުގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނަށް ވަގުތީގޮތުން އެ ޤައުމަށް އެތެރެވުން މަނާކޮށްފިއެވެ. ޖަޕާނުގެ ސަރަޙައްދީ ރޮނގުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ކޯވިޑްގެ އައު ވައްތަރުތައް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ޖަޕާނުގެ ސަރުކާރުން ބުނީ މިމަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އެއްވެސް ޤައުމެއް ރައްޔިތަކަށް އެ ޤައުމަށް އެތެރެ ނުވެވޭނެކަމަށެވެ. ޖަޕާނުގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މީހުންނަށް އެ ޤައުމަށް އެތެރެ ވެވުނަސް އެމީހުންވެސް ޖަޕާނަށް ފުރުމުގެ 72 ގަޑިއިރުކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާ ހުށަހަޅަންޖެހޭނެއެވެ. އަދި ޖަޕާނަށް އައުމާއިއެކު ދެ ހަފުތާގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެއެވެ.

އިނގިރޭސިވިލާތުން ޖަޕާނަށް ދަތުރުކުރި ބައެއް މީހުންގެ ފަރާތުން ކޯވިޑް އައު ވައްތަރު ޖަޕާނުން ފެނިފައިވާކަމަށް ޖަޕާނުން އިޢުލާނުކުރީ މިމަމަހުގެ 25 ވަނަ ދުވަހުއެވެ.

ޖަޕާނުގައި މިހާތަނަށް 213،547 މީހުންނަށް ކޯވިޑް ޖެހި 3،155 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 3،567 މީހުންނަށް ބަލިޖެހިފައިވާއިރު އޭގެ ތެރެއިން 949 މީހުންނަށް ބަލިޖެހިފައިވަނީ ޖަޕާނުގެ ވެރިކަންކުރާ ޓޯކިޔޯގައެވެ. އެއީ އެއް ދުވަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ޓޯކިޔޯއިން ބަލި ޖެހުނު ދުވަހެވެ. ބަލިޖައްސާ ވައިރަހުގެ އައު ވައްތަރު ޖަޕާނުން ފެނުމާއި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ރެކޯޑު މިންވަރަކަށް އިތުރުވުމާއި ގުޅުމެއް އޮވެދާނެތީ އެ ޤައުމުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އައު އަހަރާއި ދިމާކޮށް ޓޯކިޔޯއިން ޖަޕާނުގެ އެކި ޕްރޮވިންސުތަކަށް ގިނަ ޢަދަދެއްގެ މީހުން އާންމުކޮށް ދަތުރުކުރެއެވެ. ނަމަވެސް ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސޫގާވަނީ ޢާންމުން ބޭރުތެރެއަށް ނުކުމެ ނޫޅުމަށާއި އިޖުތިމާޢީ އެއްވުންތައް ނުބޭއްވުމަށް އާންމުންނަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ. ކަމާއިބެހޭ މާހިރުންވެސްވަނީ ބަލި ފެތުރުން ހުއްޓުވުމުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިންމުކަމަށް ފާހަގަކޮށްފައެވެ.