ޚަބަރު

މަސްދޯންޏެއްގެ ވަތަށް ވެއްޓި ޒުވާނެއްގެ އަތް ބިނދިއްޖެ


މަސްދޯންޏެއްގެ ވަތަށްވެއްޓި ޒުވާނެއްގެ އަތްބިނދުމާއި ގުޅިގެން އޭނާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކ.ކޮށްދިއްޕަރު ކައިރިން މަސްވެރިކަމުގައި އުޅުނު "ދޯދި" ނަމަކަށް ކިޔާ ދޯނީގައި ހުރި 20 އަހަރުގެ ޒުވާން ދިވެހި ފަޅުވެރިއަކު ދޯނީގެ ވަތުތެރެއަށް ވެއްޓި އަތް ބިންދައިގެން ދިއުމާއި ގުޅިގެން އޭނާ އަވަސް ފަރުވާއަށް މާލެ ގަނެއައުމަށް މާލެ އޭރިޔާ ކޯސްޓް ގާޑުން ހަރަކާތްތެރި ވަމުންދާކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 16:9 ހާއިރު ކަމަށްވެސް އެންޑީއެފް އިން ވިދާޅުވެއެވެ.