ޚަބަރު

ހުޅުމާލޭ ފޭސް 2 ގައި މޫދަށް އެރިއުޅުނު މީހަކު ނިޔާވެއްޖެ


ހުޅުމާލޭ ފޭސް 2 ގައި މޫދަށް އެރިއުޅުނު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވީ ހުޅުމާލޭ ފޭސް 2 ގައި މޫދަށް އެރިއުޅުނު 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:20ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.