ޚަބަރު

ހޯރަފުށީ މެޖިސްޓްރޭޓް ޝަރީފްގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ކޮމެޓީއެއް އެކުލަވާލައިފި


ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފްގެ ސުލޫކީ މައްސަލައެއް
ތަޙުޤީޤުކުރުމަށް ތަހްޤީޤު ކޮމެޓީއެއް އެކުލަވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފް ތަނާޒުލްވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެއް ތަޙުޤީޤުކުރުމަށް 13 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ މި އަހަރުގެ 4 ވަނަ ޖަލްސާގައި އެ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

ޖޭއެސްސީންދަނީ އަތޮޅުތަކުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މާލޭގެ އެކި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތައްވެސް ބަލަމުންނެވެ.