ޚަބަރު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓް ވެރިޔަކަށް ހޫދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ މިއަދު ޙަވާލުކުރައްވައިފިއެވެ.

މި ބަދަލާއި ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ އިބްރާހީމް ހޫދުގެ ބެއްލެވުމުގެ ދަށުންކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަޤާމު ފުރުއްވަމުން ގެންދެވި ޙަސަން އިސްމާޢީލް، އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޙަސަން އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ 2021 ޖަނަވަރީ 24 ވަނަ ދުވަހުއެވެ.