ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކޯވިޑް ވެކްސިން ޖައްސަވައިފި


ކޯވިޑް-19ގެ ވެކްސިން ޕްރޮގުރާމު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެކްސިން ޖައްސަވައިފިއެވެ. އެމަނިކުފާނު ވެކްސިން ޖައްސަވާފައިވަނީ މިއަދު ހެނދުނު 9:29ގައެވެ.

ކޯވިޑް-19ގެ ވެކްސިން ރާއްޖޭގައި ފެށުމަށް މާފަންނު ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވެކްސިން ޖައްސަވާފައިވާއިރު، ފްރަންޓް ލައިން ގިނަ ބޭފުޅުންވެސް ވަނީ ކޯވިޑް ވެކްސިން ޖައްސަވާފައެވެ.

ދައުލަތުގެ އިސްބޭފުޅުންގެ ތެރެއިން މިއަދު ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއަތަސިމް އަދުނާންއާއި ދައުލަތުގެ ވަޒީރުންނާއި، ޞިއްޚީ ޚިދުމަތްތެރިންނާއި، ސިފައިންނާއި، ފުލުހުންނާއި، ސަރުކާރުގެ އިސްވެރިންވެސް ހިމެނެއެވެ.