ޚަބަރު

ހުޅުމާލޭ ޖަލުން 31 ޤައިދީއަކު ޕޮޒިޓިވް ވެއްޖެ


ހުޅުމާލޭ ޖަލުން ކޯވިޑް-19އަށް 31 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އެމެޖްންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ 1 ފެބްރުއަރީ ގައި ހުޅުމާލެ ޖަލުންވަނީ އަލާމާތްތައް ހުރި ގައިދީއެއް ފެނިފައިކަމަށެވެ. މިކޭސްއާ ގުޅިގެން ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ވަނީ ކޯވިޑަށް ޕޮސިޓިވްވެފައިކަމަށެވެ.

މިހާތަނަށް ޕޮސިޓިވްވެފައިވަނީ ގައިދީން އެކަނި ކަމަށާއި، ޕޮސިޓިވްވި މީހުން މިހާރުވަނީ އެކަހެރިކުރެވިފައިކަމަށެ އެޗްއީސީން ވިދާޅުވެއެވެ. އަދި މީހުންނާއި ކޮންޓެކްޓުވި މީހުން ވަނީ ކަރަންޓީންކުރެވިފައިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.