ޚަބަރު

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން އެހީތެރިވަނީ


ހއ. ކުޅުދުއްފުށީ ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކުޅުދުއްފުށި ބޮއިކައިރިން މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ދޯނީގައިހުރި 35 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިއްޚީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަރން އޭރިޔާ ކޯސްޓް ގާޑް ސްކޮޑުގެ އެހީތެރިކަން ފޯރުކޮށް ދެމުންދާކަމަށެވެ.

އަދި މިމީހާ މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.