ޚަބަރު

ފަލަސްޠީން ހިމެނޭގޮތަށް 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދެއްވައިފި


ފަލަސްޠީން ހިމެނޭހެން 13 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުން ރުހުން ހޯދަން ފޮނުވި ނަންތަކަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ މިމަހުގެ ކުރީކޮޅުއެވެ. އަދި އެ ނަންތަކަށް މިއަދު މަޖިލީހުގައި ވޯޓަށް އެހި އިރު ވޯޓުގައި ބައިވެރިވި 39 މެމްބަރުން ވަނީ ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރަން ރުހުން ދެއްވާފައެވެ.

ނޮން - ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައަޅުއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ

  • ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފް، ޔޫކްރެއިންއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް، އަޒަރުބައިޖާންއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤް، އޮސްޓްރޭލިޔާ އާއި ސައުތު އެފްރިކާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ސައުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، ފަލަސްޠީނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޖިނާޙް، ކެމްބޯޑިއާ، ވިއެޓްނާމް، ލާއޯސްއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ.އާސިމް އަޙްމަދު، އިޓަލީވިލާތް، ތުރުކީވިލާތް، އޮސްޓްރިއާއަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝަބީނާ، މިސްރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް
  • ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބް، ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް

މިއަދު މަޖިލީހުން ރުހުން ދެއްވި ބޭފުޅުންގެ ތެރެއިން ފަލަސްޠީނުގެ ނޮން ރެސިޑެންސް ސަފީރުކަމަށް އައްޔަން ކުރެއްވި އަހުމަދު ޚަލީލަކީ ރާއްޖޭގެ ތާރީހުގައިވެސް ފަލަސްތީނަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ.