ޚަބަރު

ޗާޓަރޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓުގެ ލޯގޯޔައި ވެބްސައިޓް އިފްތިތާހު ކޮށްފި


ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓު (ސީ.އޭ މޯލްޑިވްސް) ގެ ލޯގޯ އާއި ވެބްސައިޓް އިފްތިތާހު ކޮށްފިއެވެ.

މިއަދު ހެނދުނު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވުނު ހަފްލާގައި ސީއޭ މޯލްޑިވްސްގެ ލޯގޯ އާއި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލެވެ. އިކޮނޮމިކް މިނިސްޓްރީއަކީ ސީއޭ މޯލްޑިވްސް އާއި އެކު މި އަމާޒަށް ވާޞިލްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވުޒާރާއެކެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސީ އޭ މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓް ހަސަން މުހަންމަދު ފާހަގަ ކުރެއްވި ގޮތުގައި ސީއޭ މޯލްޑިވްސްއިން މިހާތަނަށް ވެސް މުހިންމު ބަދަލުތަކެއް މި ދާއިރާއަށް ތަޢާރަފުކޮށްދެވިއްޖެ ކަމަށާއި، މިގޮތުން އޮޑިޓް ލައިސަންސް ދިނުމުގައި ދިވެހިންނަށް ދެވިފައިވާ ލުއިތަކާއި ފުރުޞަތުތަށް ފާހަގަ ކުރެއްވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ސީ.ޕީ.ޑީ ފޯރުކޮށް ދިނުމަށާއި، މިދާއިރާ އަށް ދިވެހިން ނެރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި އެކައުންޓިން ދާއިރާއިން މިހާރުވެސް 4500 އެއްހައި ބިދޭސީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިނިސްޓްރީގެ އަމާޒަކީ ކުރިޔައްއޮތްތާގައި ސީ.އޭ މޯލްޑިވްސް އާއި ގުޅިގެން މިި ވަޒީފާ ތަކަކަކީ ދިވެހިންނަށް އޮތްފުރުސަތުތަކަކަށް ހެދުންކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ.