ޚަބަރު

ލައިސެންސް ނެތި ޖޫރިމަނާކޮށްފައިވާ ކުދިންގެ މައްސަލަ ޙައްލުކޮށްދޭނަން - ރައީސް


ލައިސަންސުނެތި ޖޫރިމަނަކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުރިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ކުރިއަށްގެދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފުވަށްމުލަކު ސިޓީން 18 އަހަރު ނުފުރޭ ކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ގުޅިގެން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިމައްސަލައަކީ އަތޮޅު ތަކުގައިވެސް އަދި މާލޭގައިވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ.

މިމައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް އަވަހަށް ފިޔަވަޅު ތަކެއް އަޅުއްވާނެކަމަށާ، އެހެންނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤަވާއިދާއި އެއްގޮތަށް ހުރިހާ ކުދިންވެސް އަދި މީހުންވެސް އުޅުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރީމަނާތަކާހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭވަރަށް މައްސަލަ ބޮޑުވުމަކީ ޙައްލުކޮށްދޭންޖެހޭ ކަމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިމައްސަލައަށް ހައްލެއް ގެނައުމަށް ކަމާއި ބެހޭ ފަރަތްތަކާ ވާހަކަ ދައްކައިގެން ވަރަށް އަވަހަށް ހައްލެއް ގެނެސް ދެއްވާނެކަމަށެވެ. މިރޭގެ ބައްދަލުވުމުގައި އެމަނިކުފާނުވަނީ އަތޮޅު ތަކުގެ އެކި ދާއިރާތަކުގެ އެމްޑީޕީގެ ގޮފިތަކުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. މިއީ އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކެންޕެއިން ހަރަކާތްތެކެވެ.

ކަތީބު

ދެން މިހިސާބުން ޒުވާންޖީލު ހަލާކިވީދޯ އެޒުވާން ކުދިންނަށް ކުށްކުރަން އިތުރު ހިތްވަރެ އް އެލިބުނީ މިހާބޯގަޅިކަމެ އް ކުރި އަކުން ނޭގޭ

ޓެދެއް

ތިގޮތައް އަމަލު ކުރާތި ކަންކަން ހައްލު ނުވަނީ، އަދަބު ކަނޑައަޅަނީ އިސްލާހު ކުރުމަށް. މިހާރު އެންމެނަށް ވެސް އިނގޭ 200000 ޖޫރިމަނާ އޮތަސް ، 5 އަހަރު ތެރޭ މާފުކޮށްދޭނެކަން

މުކި

ކޮށްގެންވާވަރު ކަމެއްނޫންތީކީ... ތިދެނީ ބަޔަކަށް އިތުރު ހިއްވަރެއް..