ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ޑޮކްޓަރު އަދާކުރެއްވި ދައުރަށް ޝުކުރު ހައްގުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށްދިނުމަށް ފާއިތުވި އަހަރެއްހާ ދުވަހު ޑޮކްޓަރުން ކުރެއްވި ބުރަ މަސައްކަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ޑޮކްޓަރުން އަދާކުރައްވާ ދައުރު އެމަނިކުފާނު ވަނީ ފާހަގަކުރައްވާއެވެ.
Wishing all doctors serving in the Maldives a very happy National Doctors’ Day.
— Ibrahim Mohamed Solih (@ibusolih) April 18, 2021
Thank you for your efforts this past year to manage our Covid-19 response and for everything you do to to keep us healthy and safe.
ކޮންމެ އަހަރެއްގެ އޭޕްރީލްމަހުގެ 18ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހި ޑޮކްޓަރުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެބޭފުޅުންގެ މަސައްކަތް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމެވެ. ރާއްޖޭގައި މިވަގުތުވެސް 600 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން އަންނަނީ ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަމުންނެވެ.