ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގައި ވަޒީފާ ނެތް މީހުންގެ އަދަދު މައްޗަށް


އިނގިރޭސިވިލާތުގެ ވަޒީފާގެ ބާޒާރު ހީނުކުރަހާ ދަށަށް ހިގައްޖެއެވެ.

މިދިޔަ 4 މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާމްދަނީ ލިބޭ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. މީގެ ސަބަބުން ވަޒީފާ އަދާކުރާމީހުންގެ އަދަދު ވަނީ ދަށްވެފައެވެ.

އެޤައުމުގެ ތަފާސްހިސާބުތައް ބަލަހައްޓާ އޮފީހުން ބުނިގޮތުގައި އާމްދަނީ ނުލިބޭ މީހުންގެ އަދަދު މާރިޗް މަހު ވަނީ 56000 އަށް ދަށްވެފައެވެ. މި ކުއާޓަރ ގެ ފެބްރުއަރީމަހު ވަޒީފާ ނެތް މީހުންގެ ރޭޓް ވަނީ 4.9 އިންސައްތައަށް ދަށްވެފައެވެ. ސަބަބަކީ 80000 މީހުން ވަނީ އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވުން މުޅިންހެން ހުއްޓާލާފައެވެ.

މި ހިސާބުތަކަކީ އެ ޤައުމުގެ އިޤްތިޞާދަށް ދިގު މުއްދަތެއްގެ ހީނަރުކަމެއް އަތުވެދާނެ ހިސާބުތަކެކެވެ. ކޯވިޑްގެ ބަލިމަޑުކަން ފެތުރު ޖެހިޖެހިގެން 3 ފަހަރު މަތިން ޤައުމު ފުރަބަންދަކަށް ދިއުމުގެ ސަބަބުން ގިނަ ރެސްޓްރޯޓެންތަކަކާއި މުނިފޫހިފިލުވާ ތަންތަން ވަނީ ބަންދުކުރަންޖެހިފައެވެ. މި ކަންކަމުގެ ސަބަބުން އާމްދަނީ ނުލިބޭ މީހުން އިތުރަށް މައްޗަށްދިއައެވެ.

ޗާންސެލަރ އޮފް ދަ އެކްސްޗެކަރ ވަނީ ވަޒީފާ ނެތް މީހުންގެ އަދަދު 80000އަށް ވުރެ ދަށްކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. ބަލިމަޑުކަމުގެ ކުރިން މި އަދަދު ވަނީ 80000 ށް ވުރެ ދަށުގައެވެ.

'އެންމެ ބޮޑު ކަމަކީ ޒުވާނުންނަށް ދިމާވަމުން އަންނަ އުދަގޫތައް. ދިގު މުއްދަތަކަށް ޒުވާނުން ވަޒީފާނެތި ވަނީ އުޅެން ޖެހިފަ. މި އަދަދުތައް އަދިވެސް ދަނީ ދަށަށް. އެހެން އުމުރުތުކުގެ މީހުންނަށް ވަޒީފާތައް މަޑުމަޑުން އިތުރުވަމުންދާއިރު އަދިވެސް ޒުވާނުންގެ ވަޒީފާތަކަށް މާ ބޮޑު ބަދަލެއް ނާދޭ'. އިންސްޓިޓިއުޓް އެމްޕްލޯމެންޓް ސްޓަޑީޒް ގެ ޑިރެކްޓަރ ވިދާޅުވިއެވެ.

މި މަހުގެ ހިސާބުތަކާއި ފަހުގެ ރިސާރޗްތަކާއި އެއްގޮތްކަމެއް އެބަހުއްޓެވެ. ފުރަބަންދަށް ލުއި ދިނުމުގެ އެއް ހަފްތާކުރިން ކުންފުނިތަކުން ވަނީ ވަޒީފާތަކަށް މީހުން ނަގަން ފަށާފައެވެ. ތަފާސް ހިސާބުތައް ބަލަހައްޓާ އޮފީހުން ބުނިގޮތުގައި މާރިޗް މަހު އެކަނިވެސް ވަޒީފާގެ ފުރުޞަތުތައް ވަނީ 16 އިންސައްތައަށް މަތިވެފައެވެ. މީގެ ސަބަބުން ދެން އަންނަ އޮތް މަސްތަކުގައިވެސް ވަޒީފާތައް ދާނީ އިތުރުވަމުންނެވެ. ހޮސްޕިޓަލިޓީ އަދި ރީޓެއިލް ދާއިރާ އަށް މީހުން ބޭނުންވާވަރު އިތުރުކަންވެސް ފާހަގަކޮށްލެވެއެވެ.

'މި ދިޔަ މަސްތަކުގައި ވަޒީފާގެ ބާޒާރު ކުރިއަށްވުރެ ބޮޑުތަން ވަނީ ހަމަޖެހިގެން ގޮސްފަ. ވިޔަފާރިތައް އަލުން ހުޅުވާލުމުން ވަޒީފާގެ ފުރުޞަތުތައް މާރިޗް މަހު ވަނީ އިތުރުވެފަ. ޙާއްޞަކޮށް ހޮސްޕިޓާލިޓީ ދާއިރާ. ތަފާސް ހިސާބުތަކާއިބެހޭ އޮފީހުގެ ޑިރެކްޓަރ ވިދާޅުވިއެވެ.

ވަޒީފާނެތް މީހުން އިނާޔާތްތައް ހޯދުމަށް މާރިޗް މަހުވަނީ 10100 މީހުން ހުށަހަޅާފައެވެ. އޭގެ ކުރީމަހު މިއަދަދު ހުރީ 67300 ގައެވެ.

އިނގިރޭސި ވިލާތުގެ މައި ބޭނުކުން ލަފާކުރަނީ މި ގެއްލުމުން އަރައިގަނެ އަވަސް މުއްދަތެއްގައި ކަންކަން ރަނގަޅުވެގެން ދާނެކަމަށެވެ. އެއީ ފުރަބަންދުގެ ގިނަ ފިޔަވަޅުތަކަކަށް މިހާރު ލުއި ދޭންފަށާފައިވުމުންނެވެ. އެގޮތުން ފިހާރަތަކާއި ރެސްޓޯރެންޓްތައް ވަނީ މިމަހުގެ ކުރީކޮޅު ހުޅުވަން ފަށާފައެވެ.

އޯބީއާރް އިން ލަފާކުރާގޮތުގައި 4 ވަނަ ކުއާޓަރުގެ ވަޒީފާނެތް މީހުންގެ އަދަދު އެންމެ މައްޗަށްދާނީ 6.5 އިންސައްތައަށެވެ. އެއީ ގާތްގަޑަކަށް 2.2 މިލިއަން މީހުންނެވެ. މިއީ މީގެ ކުރިން ލަފާކޮށްފާވައިވާ އަދަދަށްވުރެ ދަށް އަދަދެކެވެ.