ދުނިޔޭގެ ވިޔަފާރި

އެއިރޯ މެކްސިކޯއިން ބޮއިންގ ކުންފުނީގެ 28 ބޯޓު ގަންނަނީ


މެކްސިކޯގެ ޤައުމީ އެއަރލައިން ކަމަށްވާ އެއިރޯ މެކްސިކޯއިން ބޮއިންގ 737 ގެ 24 ބޯޓާއި ޑްރީމްލައިނަރސް 787 ގެ 4 ބޯޓު ގަންނަން ނިންމައިފިއެވެ.

އެ އައަރލައިނުން ބުނިގޮތުގައި މި ނިންމުމުން ގާތްގަޑަކަށް 2 ބިލިއަން ޑޮލަރު ފައިދާވާނެއެވެ. ނަމަވެސް ބޯޓުތަކުގެ އަގުތަކެއް ކުންފުނިން ޙިއްޞާކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެއަރލައިނުން ބުނިގޮތުގައި ކުންފުނީގައި މިހާރު ހުރި ބޯޓުތަކަށް ބޭނުންވާ ދިގު މުއްދަތަކަށް ރަނގަޅު މެއިންޓެނެންސް މަސައްކަތްތައް ކުރުމަށްވެސް މަޝްވަރާތައް ކުރެވުނެވެ.

ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުން ދައްކައިދެނީ އިޤްތިޞާދީ ވާދަވެރިކަން އޮންނާނެ ކަމަށް ބެލެވޭ ކުރިއަށް ހުރި އަހަރުތަކަށް އެއިރޯ މެކްސިކޯ ބަދަލުވަމުންދާ ބަދަލުވުން ކަމަށެވެ.
މިހާރުވެސް އެއަރލައިންގެ 107 ބޯޓު ވަނީ އެމެރިކާގެ ކޯޓެއްގައި ޗެޕްޓަރ 11 ބޭންކްރަޕްސީ ޕްރޮޓެކްޝަން އަށް އެދިފައެވެ. އެހެން އެއަރލައިން ތަކެކޭ އެއްގޮތަށް ކޯވިޑްގެ ބަލިމަޑުކަމާހެދި އެ އެއަރލައިނުގެ ދަތުރުތަކަށްވެސް ވަނީ ބުރޫ އަރާފައެވެ. މިގޮތުން ބައެއް ބޯޓުތައް ވަނީ ގްރައުންޑްވެސް ކުރަންޖެހިފައެވެ.

އެއިރޯ މެކްސިކޯގެ ބޯޓުތައް މިހާރުވެސް ތަފާތު 90 މަންޒިލަކަށް ދަތުރުތައް ކުރެއެވެ. ގިނަ ދަތުރުތައް ކުރަނީ މެކްސިކޯ ސިޓީއަށެވެ.