ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު ވިޔަފާރީގެ މަގު ކަމަށްވާ ސުވޭސް ކެނަލުގައި ކޮންޓެއިނަރު އުފުލާ ބޮޑު އާގުބޯޓު އެމްވީ އެވަރގިވަން މިދިޔަ މާރިޗްމަހު ތާށިވި މައްސަލައަށްފަހު، ޔޫރަޕަށްދާ ދަތުރުކުރާނެ އިތުރު ގޮތެއް އޮތްތޯ ހޯދުމުގެ މަސައްކަތް ޖަޕާނުން ފަށައިފިއެވެ.
ޖަޕާނުންވަނީ ޓްރާންސް ސައިބީރިއަން ރެއިލްވޭ އަދި ނޮދަރން ސީ ރޫޓާ ބެހޭގޮތުން ރަޝިއާއާ ވާހަކަދައްކަން ފަށާފައެވެ.
މި ޙާދިސާގެ ސަބަބުން އޭޝިއާ ޕެސިފިކާއި މުޅިދުނިޔޭގެ މުދާ ސަޕްލައިކުރުމަށް އަސަރުކުރިއެވެ. ޖަޕާނަކީ މިޙާދިސާއާ، މާ ދުރުގައި އޮތް ތަނެއް ނަމަވެސް މީގެ އަސަރު ޖަޕާނަށްވެސް ވަނީ ވަރަށްބޮޑަށްކޮށްފައެވެ. ކޮންޓެއިނަރު އުފުލާ އެމްވީ އެވަރ ގިވަން އަކީ ޖަޕާނުގެ ސޯއޭ ކިސަން ކައިޝާގެ އުޅަނދެކެވެ. އަދި މި އުޅަނދު ބަނދެފައިވަނީ ޖަޕާނުގެ އެހެން ކުންފުންޏެއްކަމަށްވާ އިމާބާރީ ޝިޕްބިލްޑިންގ އިންނެވެ. މި ދެކުންފުނިންވެސް ދަނީ ލިބުނު ގެއްލުމުގެ ބަދަލާއި ބެހޭގޮތުން މިސްރު ސަރުކާރާއި މަޝްވަރާތައް ކުރަމުންނެވެ. ޖަޕާނު ސަރުކާރަށާއި ވިޔަފާރީގެ މުޖުތަމަޢަށް ސުވޭސް ކެނަލްގެ މަގަކީ ވަރަށް ޚާއްޞަ މަގެކެވެ.
ސުވޭސް ކެނަލުން ދަތުރުމުރުމަށް ސައުތް އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން އޮންނަ ދިގު މަގުގެ އިތުރުން ޖަޕާނަށް ދެން އޮތް އެންމެ ރަގަޅު ދެ ގޮތް ކަމުގައިވާ ދަ ޓްރާންސް ސައިބީރިއަން ރެއިލްވޭ އަދި ނޯދާރން ސީ ރޫޓް ހޯދުމަށްވެސް ބަރޯސާވާން ޖެހޭނީ ރަޝިޔާއަށެވެ.
ސުވޭސް ކެނަލްގެ މިހާދިސާ ހަނދާންކޮދިނީ އެކަށީގެންވާ އިތުރު އެހެން މަގުތަކަކާއި ދަތުރުފަތުރުކުރާނެ އެހެނިހެން ގޮތްތަކެއް އަބަދުވެސް ހޯދާފައި ބެހެއްޓުމުގެ މުހިންމުކަންކަމަށް ޖަޕާނުގެ ބިމާއި ދަތުރުފަތުރާއި އަދި ފަތުވެރިކަމާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރާ މަސައްކަތަކީ ޓްރާންސް ސައިބީރިއާ ރެއިލްވޭ ބޭނުންކުރުމަށް ޕްރޮމޯޓް ކުރުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
މި މަގުން ޔޫރަޕަށް ދަތުރުކުރުމަކީ މާ އަވަސް ގޮތެކެވެ. ސުވޭސް ކެނަލްގެ ކަނޑު ދަތުރަށް ދެ މަސް ނަގާއިރު ފެރީ ރެއިލްވޭ ޚިދުމަތުން މި ދަތުރު އެންމެ މަދުވެގެން 20 ނުވަތަ 27 ދުވަހުންނިމޭނެއެވެ.