ދުނިޔޭގެ ވިޔަފާރި

މާކް އެންޑް ސްޕެންސަރއަށް ބޮޑު ގެއްލުމެއް


ކޯވިޑްގެ ބަލިމަޑުކަމާ ހެދި އަންނައުނު ވިޔަފާރިއަށް ބޮޑުގެއްލުމެއްވެ އިނގިރޭސިވިވިލާތުގެ މަލްޓިނޭޝަނަލް ރީޓެއިލަރ މާކް އެންޑް ސްޕެންސަރގެ ވިޔަފާރީ 90 އިންސައްތަ ދަށަށް ހިގައްޖެއެވެ.

137 އަހަރުވީ އިނގިރޭސިވިލާތުގެ އެންމެ ހިނގާ ރީޓެއިލް ވިޔަފާރި ކަމަށްވާ މާކް އެންޑް ސްޕެންސަރ ކުންފުންޏަށް 61 މިލިއަން ޑޮލަރުގެ ފައިދާ ވާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުމަހުގެ ފުރަތަމަ ހާފްގައި ކުންފުންޏަށް ވަނީ ގެއްލުން ލިބިފައެވެ.

އިނގިރޭސިވިލާތުގެ އަންނައުނު ވިއްކާ ހުރިހާ ފިހަރާތަކެއް ވަނީ މި ބަލިމަޑުކަމާއި ކުރިމަތިލާންޖެހިފައެވެ. އޮންލައިން ވިޔަފާރިނުކުރާ ޕްރިމާރކްއަށް މިދިޔަ މަހުގެ ފައިދާ ވަނީ 90 އިންސައްތައަށް ވެއްޓިފައެވެ. ނަމަވެސް އޮންލައިން ވިޔަފާރިކުރާ ނެކްސްޓުގެ ފައިދާވެސް ވަނީ 53 އިންސައްތައަށް ވެއްޓިފައެވެ.

ބަލިމަޑުކަމާއި ކުރިމަތިނުލާއިރުވެސް މާކް އެންޑް ސްޕެންސަރއަށް ދިޔައީ ކޮންމެވެސް ވަރަކަށް ގެއްލުންވަމުން ކަމަށާއި މި ބަލިމަޑުކަމުގެ ސަބަބުން އެމީހުންގެ މުޅި ވިޔަފާރި ބަދަލުކޮށްލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މިދިޔަ އޯގަސްޓްމަހު އެކުންފުނިން ވަނީ 7000 ވަޒީފާވެސް އުނިކޮށްފައެވެ.
މާހިރުން ވިދާޅުވާގޮތުގައި ފަހަތަށް ބެލުމަށްވުރެ ކުރިއަށްއޮތް އައުޓްލުކްއަށް ބެލުން މިހާރު މާ މުހިންމެވެ. އަދި މިއަހަރާއި މިއަންނަ އަހަރު ޙާލަތު ރަނގަޅުވެގެން ދާނެކަމަށް އުންމީދުކުރާކަމުގައި ކުންފުނިން ބުނެއެވެ.

1998 ވަނަ އަހަރު މާކް އެންޑް ސްޕެންސަރ ވެފައިވަނީ 1 ބިލިއަން ޕައުންޑަށްވުރެ ބޮޑު ފައިދާއެއް ހޯދި އިނގިރޭސިވިލާތުގެ އެންމެ ފުރަތަމަ ރީޓެއިލް ވިޔަފާރީއަށް ވެފައެވެ. ހަމަ މި އަދަދަށް 2008 ވަނަ އަހަރުވެސް އެ ކުންފުނި ވަނީ ފައިދާ ހޯދާފައެވެ،