ދުނިޔޭގެ ވިޔަފާރި

ތައިލޭންޑްގެ އިޤްޠިޞާދު އާރާސްތުވާން ވަގުތު ނާގާނެ


ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ތައިލޭންޑްގެ އިޤްޠިޞާދު އާރާސްތުވާން ވަގުތު ނަގާނެކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ބުނެފިއެވެ.

ކޯވިޑް ބަލިމަޑުކަމުގެ 3 ވަނަ ރާޅާއެކު ވެކްސިން ދެވޭނެ މިންވަރު އަދި އަންދާޒާ ކުރެވިފައި ނުވާތީ އެ ޤައުމުގެ އިޤްޠިޞާދު ކިރިޔާވެސް ރަނގަޅުވާނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އެންމެފަހުން އޭޕްރީލްމަހު އެ ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ރާޅުގެ ސަބަބުން އާބާދީގެ ބޮޑުބަޔަކަށް ވައިރަސްޖެހި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް ވެކްސިން ދޭން ފަށޭނީ އަންނަމަހު ކަމަށް ޚަބަރުތައް ބުނެއެވެ.

އިޤްޠިޞާދު ރަނގަޅުވާން އެންމެ އަވަހަށްވެސް ފަށާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައިކަމަށް މީގެކުރިން މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ބަލިމަޑުކަމުން އަރައިގަތުން ލަސްވެގެންދާނަމަ ކުދި ވިޔަފާރިތަކެއް މިކަމުގެ ސަބަބުން އަސަރުކުރާނެކަމަށް ގަވަރުނަރު ސީތާޕޫތް ވިދާޅުވެފައިވާ މިދަނޑިވަޅުގައި ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން 11.2 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯން ސްކީމެއް މަރުކަޒީ ބޭންކުން ވަނީ ތަޢާރަފްކޮށްފައެވެ.

މަރުކަޒީ ބޭންކުން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފަހުން އައި މި ރާޅުގެ ސަބަބުން އިންވެސްޓްމަންޓްތައް ދަށްވެ، ފަތުރުވެރިކަމަށްވެސް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ނަމަވެސް އެ ޤައުމުން މުދާ ބޭރުކުރާވަރު ކުރިއަށްވުރެ އިތުރުވެ އާންމުން ޚަރަދުކުރާވަރުވެސް ވަނީ އިތުރުވެފައެވެ.

މިއަހަރު 3.0 އިންސައްތައަށް ޖީޑީޕީ އިތުރުވާނެކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރު 4.7 އިންސައްތައަށް ކުރިއަރާނެކަމަށް މަރުކަޒީ ބޭނުކުން ވަނީ ލަފާކޮށްފައެވެ. އަދި އިޤްޠިޞާދު ކުރިއަރަގެންދާނީ ވަރަށް މަޑުމަޑުންކަމަށް ވެސް ބޭންކުން ބުނެއެވެ.

ހާލަތު

ތތތ ތައިލެންޑުގައިވެސް މިގައުމުގައި ހަޅޭއްލަވާގޮ ތަށް ސިޔާސީމީހުން މިހާލަ ތުގައި ސަރުކާރަށް ހަޅެޢްލަވާބާ!