ޚަބަރު

ދެ ދުވަހަށްފަހު ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިބަލީގައި ފަރުވާދެމުންދަނިކޮށް ރޭ 11:01 ގައި ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިއާއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 207ކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 189 ދިވެހިންނާއި 18 ބިދޭސީންނެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވީ 19 ޖޫންގެއެވެ. އެދުވަހު މިބަލީގައި ތިން މީހަކުވަނީ ނިޔާވެފައެވެ.