ކޯވިޑް-19ގެ އަޞްލު ދެނެގަންނަން ކުރަމުންދާ ތަޙްޤީޤަށް ޗައިނާއިން އިތުރަށް އެއްބާރުލުން ނުދިނުމަށް ނިންމައިފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އިސް ނަގައިގެން ކުރަމުންދާ ތަޙްޤީޤުގެ ދެވަނަ ފިޔަވަހީގައި އަލިއަޅުވާލަން ނިންމާފައިވަނީ ކޯވިޑް-19 ފެތުރުނީ ޗައިނާގެ ވޫހާންގެ ލެބެއްގައިކަމަށް ކުރެވޭ ތުޙްމަތުތަކަށްށެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ސައިންސަސުން ބުނެފައިވަނީ އެފަދަ ތަޙްޤީޤަކަށް އެއްބާރުލުން ނުދޭނެކަމަށާއި އެއީ ބުއްދި ޤަބޫލުކުރާފަދަ ތުޙްމަތުތަކެއް ނޫންކަމަށެވެ. އަދި އެ ތަޙްޤީޤުގައި ސިޔާސީ ކުލަނުޖައްސައި ސައިންސް އަލީގައި ކަންކަން ދެނެގަތުން މުހިންމުކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ.
ކޯވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ 2020ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާނުންނެވެ. ބެލެވޭ ގޮތުގައި ކޯވިޑް-19 ފެތުރިފައިވަނީ މަސްމާރުކޭޓެއްގައި ގެންގުޅުނު ޖަނަވާރުންގެ ޒަރިއްޔާއިންނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވަނީ ކޯވިޑް-19ގެ އަޞްލު ދެނެގަންނަން ކުރަމުންދާ ތަޙްޤީޤަށް ޗައިނާގެ އެއްބާރުލުން ބޭނުންވާކަމަށާއި އިތުރު މަޢުލޫމާތުތައް ޙިއްޞާކުރަން ޖެހޭކަމަށެވެ.