ދުނިޔޭގެ ވިޔަފާރި

ކޯވިޑަށްފަހު ފިލިޕީންސްގެ އިޤްޠިޞާދު އާރާސްތުވާން ފަށައިފި


ކޯވިޑްގެ ބަލިމަޑުކަމަށްފަހު ފިލިޕީންސްގެ އިޤްޠިޞާދު އާރާސްތުވާން ފަށައިިފިއެވެ.

މިއީ ވޭތުވެދިޔަ 30 އަހަރަށްފަހު އެ ޤައުމުގެ އިޤްޠިޞާދު އެންމެ އަވަހަށް އާރާސްތުވި ފަހަރުވެސްމެއެވެ.

ފިލިޕީންސްގެ އިޤްޠިޞާދު އާރާސްތުވާން ފެށިނަމަވެސް، ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްޠިޞާދީ ކުރިއެރުމުގެ ދުވެލި މަޑުވެގެން ހިނގައިދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިއަަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ފިލިޕީންސް ޖީޑީޕީ ވަނީ 11.8 އިންސައްތައަށް އިތުރުވެފައެވެ. އަދި މިއީ 1988 ވަނަ އަހަރުގެ 4 ކުއާޓަރަށްފަހު އެޤައުމުގެ އިޤްތިޞާދަށް ލިބުނު އެންމެބޮޑު އެއްކުރިއެރުމެވެ. ނަމަވެސް ރޮއިޓާރސްގެ އިޤްޠިޞާދީ މާހިރުން ލަފާކޮށްފައިވަނީ ޖީޑީޕީ އިތުރުވާނީ 10 އިންސައްތައަށްކަމަށެވެ. މީގެއިތުރުން ޖެހިޖެހިގެން 4 ކުއާޓަރުގައި ދަށްވުމަށްފަހު ތަކެތި ބޭނުންކުރާ މިންވަރުވެސް މިދިޔަ ކުއާޓަރުގައި ވަނީ 7.2 އިންސައްތައަށް އިތުރުވެފައެވެ. ސިނާޢަތްތައް 20.8 އިންސައްތައަށް ކުރިއަރާފައިވާއިރު ޚިދުމަތްދިނުމުގެ ސެކްޓަރުވެސް ވަނީ 9.6 އިންސައްތައަށް ކުރިއަރާފައެވެ. ނަމަވެސް ދަނޑުވެރިކަމާއި، ޖަންގަލިތައް ކުރިއެރުވުން އަދި މަސްވެރިކަމުގެ ސިނާޢަތް ވަނީ 0.1 އިންސައްތައަށް ދަށްވެފައެވެ.

ފިލިޕީންސްގެ ސޯސިއޯއިކޮނޮމިކް ޕްލޭނިންގް ސެކްރެޓަރީ ކާރލް ޝުއާ ވިދާޅުވިގޮތުގައި މިވަރުގެ ކުރިއެރުމެއް އިޤްޠިޞާދަށް މިއައީ ކޯވިޑްގެ ބަލިމަޑުކަމާއި އާންމުންގެ ވަޒީފާތަކަށާއި މުސާރައަށް ވިސްނުމުގައި ގެންގުޅުނު ހަމަހަމަ ގޮތްތަކެއްގެ ސަބަބުންނެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ފިލިޕީންސްގެ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އިޤްޠީޞާދީ ދުވެލި މަޑުވެދާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށްވެސް ހަބަރުތައް ބުނެއެވެ.