މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ޖަރުމަންވިލާތުގެ އިޤްތިޞާދު އިތުރަށް ކުރިއަށާގެންދާނެކަމަށް އެގައުމުގެ މާލީ ވުޒާރާއިން ބުނެފިއެވެ.
މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ޖަރުމަންވިލާތުގެ އިޤްތިޞާދު އިތުރަށް ކުރިއަށާގެންދާނެކަމަށް ލަފާކޮށްފައިވާއިރު، ނިމިގެންދިޔަ ދެވަނަ ކުއާޓާގައި ޖަރުމަންވިލާތުގެ ޖީޑީޕީ ވަނި %1.5 ކުރިއަރާފައެވެ.
ކޯވިޑްގެ ތިންވަނަ ރާޅަކާއިއެކު މުޅިޤައުމު ފުރަބަންދަކަށް ދިއުމުގެ ސަބަބުން ޔޫރަޕްގެ އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޖަރުމާނުވިލާތުގެ އިޤްޠިޞާދު ވަނީ އަހަރުގެ ފުރަތަމަ ކުއާޓާގައި %2.1 ހީނަރުވެފައެވެ.
ނަމަވެސް ހޫނު މޫސުމުގެ ކުރީކޮޅުގައި ކޯވިޑް ކޭސްތައް މަދުވުމާއިއެކު ޚަރަދުކުރުން އިތުރުވުމުގެ ސަބަބުން ރިޓެއިލް ވިޔަފާރި ވަނީ އިތުރުވެފައިކަމަަށްޖަރުމަންވިލާތުގެ މާލީ ވުޒާރާއިން ބުނެއެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ޓެކްސް އިން ލިބޭ ޢާމްދަނީ އަށްވުރެ މިއަހަރުގެ މިހާތަނަށް ލިބިފައިވާ ޢާމްދަނީ ދަށް ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނު އިޤްޠިޞާދީ ކުރިއެރުމުގެ ސަބަބުން ޓެކްސްއިން ލިބުނު ޢާމްދަނީވެސް އިތުރުވާނެއެވެ.
ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ހުއްދައާއިއެކު އެ ޤައުމުގެ މާލީ ވަޒީރު އޯލާފް ސްކޯލްޒް ވަނީ ޤާނޫނުއަސާސީ ގައި ބުނާ ދަރަނީގެ މިންވަރު ބާޠިލްކޮށްފައެވެ. މިއާއިއެކު މިދިޔަ އަހަރު ދަރަނީގެ ގޮތުގައި 130 ބިލިއަން ޕައުންޑް ނެގިއިރު މިއަހަރު ދަރަނީގެ ގޮތުގައި 240 ބިލިއަން ޕައުންޑް އެގައުމުން ނަގާނެއެވެ.