ޚަބަރު

އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޝާހިދު ޖަޕާނަށް ވަޑައިގަންނަވަނީ


އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާން ސަރުކާރުގެ ދައުވަތަކަށް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިމަހުގެ 26 އިން 28 އަށް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރ މޮޓޭގީ ޓޮޝިމިޓްސޫއާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދުއާއި ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންވެސް ޖަޕާން ސަރުކާރާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ.

މިއީ އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު ގެންދަވަނީ ބައެއް ޤައުމުތަކަށް ވަޑައިގެން، އެކި ދާއިރާތަކުން މަޝްވަރާ ކުރައްވަމުންނެވެ.