ރ.ދުވާފަރު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ބޮޑު ހިލަ ޖެހުމަށް ތައްޔާރުވެއްޖެއެވެ.
މިމަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެ ދަަށުން އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިިލައިގެ ފުރަތަމަ ޝިޕްމަންޓު މަޝްރޫޢުގެ ސައިޓަށް ގެންގޮސްފައިވާކަމަށެވެ. އެރަށުގެ 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
We have completed land reclamation works at R. Dhuvaafaru. The first shipment of rock boulders required to commence shore protection works have been delivered to the project site on 28th August 2021. The value of the project is MVR 143.1 million. #MTCCProjects pic.twitter.com/33xVebZMCJ
— MTCC Plc (@MTCCPlc) August 30, 2021
މި މަޝްރޫޢުގެ އިތުރުން އެމްޓީސީސީން ވަނީ މިދިޔަ ޖޫންމަހުގެ 14ވަނަ ދުވަހު އެރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ނިންމާލާފައެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން ވަނީ 22.2 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 27ވަނަ ދުވަހުއެވެ. މިއީ 143.11 މިލިޔަން ރުފިޔާގެ މަޝްރުއުއެކެވެ.
ރ.ދުވާފަރަކީ 2004ވަނަ އަހަރުގެ ޑިސެމްބަރުމަހު ދެކުނު އޭޝިއާ ސަރަޙައްދަށް ކުރިމަތިވި ސުނާމީ ކާރިޘާއާ ގުޅިގެން ރ.ކަނދޮޅުދޫގެ ބޮޑުބައެއް ގިރައިގެން ދިމާއެކު، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރަސެންޓް(އައި.އެފް.އާރް.ސީ)އާއި ދިވެހި ސަރުކާރުން ގުޅިގެން ތަރައްޤީކޮށްފައިވާ ދުވާފަރަށް، ރ.ކަނދޮޅުދޫ މީހުން ބަދަލުކޮށްފައިވަނީ 2008ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.
ދުވާފަރުގެ މިހާރުގެ އާބާދީ 2900އަށްވުރެ އިތުރެވެ. އާބާދީ އިތުރުވެ ދުވާފަރުގެ ބިންވަނީ މުޅިން ފުރިފައެވެ. ދުވާފަރަށް ބިން އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމެވެ.
ރ.ދުވާފަރުގައި ކުރިއަށްގެންދިއުމަށް މިއަހަރަށް 7 މަޝްރޫޢުއެއް ރާވާފައިވެއެވެ. އެއީ ޖުމްލަ 53 މިލިއަން ރުފިޔާގެ މަސައްކަތެވެ.