ކ.އަތޮޅު ރިހިވެލި ރިސޯޓަށް ބަޔަކު އަރައި ހަމަނުޖެހުން ހިންގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހަވީރު 16:00ހާއިރު އެ ރަށަށް ބަޔަކު އަރައި ހަމަނުޖެހެނުން ހިންގާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް ހަމަ ނުޖެހުން ހިންގަނީ ކީއްވެ ކަމާއި މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ފުލުހުން ވިދާޅުވީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އިތުރު ހަމަ ނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުން އެރިސޯޓުގައި ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ވިދާޅުވެއެވެ.