ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ސަބަބުން ޖަޕާނުގެ ޚިދުމަތްދޭ ސެކްޓަރުގެ މަސައްކަތް ދަށްވެއްޖެ


ކޯވިޑްގެ އައު ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމުގެ ސަބަބުން އަހަރަކަށްފަހު ޖަޕާނުގެ ޚިދުމަތްދޭ ސެކްޓަރުގެ މަސައްކަތް އޯގަސްޓްމަހު ދަށަށް ހިނގައްޖެއެވެ.

އެގޮތުން ކޯވިޑްގެ ސަބަބުން ފިޔަވަޅުތައް އަޅާފައިވާ މުއްދަތު އިތުރުކުރުމާއެކު މިދިޔަ އަހަރު މެއިމަހުން ފެށިގެން ޖަޕާނުގެ އައު ވިޔަފާރިތަކުގެ މަސައްކަތް ދަށަށްދާންވަނީ ފަށާފައެވެ.

މިކަމާއި ގުޅިގެން ޖަޕާނުގެ އައިއެޗްއެސް މާކިޓްގެ އިގްތިޞާދީ މާހިރު އުސާމާ ބައްޓި ވިދާޅުވީ އޯގަސްޓުން ފެށިގެން ޖަޕާނުގެ ޚިދުމަތްދޭ ސެކްޓަރު ހީނަރުވާނެކަމުގެ ސިގްނަލް ލިބެމުންދާކަމަށެވެ. އަދި ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ޖަޕާނަށް އަންނަން ހުރި ވިޔަފާރިތައްވެސް މަޑުޖެހިފައިވާ ކަމަށް އުސާމާ ވިދާޅުވިއެވެ.

ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކޭސްތައް އިތުރުވަމުން ދިއުމުން އޯގަސްޓުން ފެށިގެން ޖަޕާނުންވަނީ ސިއްޚީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދިގުދަންމާލާފައެވެ.