ޚަބަރު

ޖުމްހޫރީ ޕާޓީއާ އިތުރު 1000 މެމްބަރުން ގުޅިއްޖެ


ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް އިތުރު 1000 މެމްބަރަކު ގުޅިއްޖެއެވެ.

މެމްބަރުން ގުޅުމަށް ރޭ ބޭއްވި ޖަލްސާގައި އެޕާޓީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާއި ހަވާލުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ. އެޕާޓީއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުންވެސް ހިމެނެއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ޤާސިމް ވިދާޅުވީ ކޯލިޝަނެއްގައި ކަމަށްވިޔަސް އަދި ކޯލިޝަނެއްގައި ނޫންކަމަށް ވިޔަސް، ހައްގުބަސް ބުނުމާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ސިފައެއްގެ ކަމެއް އަންނަކަމެއްގައި ބަސްބުނުމުގައި ފަހަތަށް ނުޖެހޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ޤާސިމް ވަނީ ސިޔާސީ ގޮތުން ކުރިއަށް އޮތްތަނުގައި އެޕާޓީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި، ގުޅޭގޮތުން މެމްބަރުންނަށް މައުލޫމާތު ދެއްވާފައެވެ.