ޚަބަރު

ދަރިވަރުންގެ އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ކޮމިޓީއެއް


ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެފަދަ ޙާދިސާތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން "އެޑިޔުކޭޝަން އިން އެމަޖެންސީ އެޑްވައިޒަރީ ކޮމިޓީ"އެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުލަވާލައިފިއެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި މިފަދަ ފުރަތަމަ ކޮމިޓީއެކެވެ.

އެމިނިސްޓްރީން ވިދާޅުވީ މިފަދަ ކޮމިޓީއެއް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ އިންސާނީ ކަރާމާތަށް ބުރޫ އަރާފާނެފަދަ ޙާދިސާތަކާއި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުންކަމަށެވެ. އަދި ސްކޫލުގެ މާޙައުލާއި ސްކޫލްގެ ރައްކާތެރިކަން ދެމެހެއްޓުމަށާ، އިމަޖެންސީތަކާއި ޑިޒާސްޓަރގެ ޙާލަތްތަކަށް އިޖާބަދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމަކީވސް މިކޮމިޓި އުފެއްދުމުގެ ބޭނުމެކެކެވެ. މީގެ އިތުރުން މިކޮމިޓީ އަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލި ކޮމިޓީއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ މިކޮމިޓީގެ ޗެއަރކަން ކުރައްވަނީ މިނިސްޓަރ އޮފް އެޑިއެކޭޝަން ޑރ.ޢާއިޝަތު ޢަލީއެވެ.

ކޮމިޓީގައި ހިމެނޭ ފަރާތްތައް

  • މިނިސްޓްރީ އޮފް އެންވަޔަރަމަންޓު، ކުލައިމެޓްޗޭންޖު އެންޑް ޓެކުނޮލޮޖީ،
  • ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ،
  • މިނިސްޓްރީ އޮފް ފިނޭންސް،
  • މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސަރވިސް،
  • ލޯކަލް ގަވަމެންޓު އޮތޯރިޓީ،
  • މޯލްޑިވސް ޕޮލިސް ސަރވިސަސް
  • ހެލްތު ޕްރޮޓެކްސަން އެޖެންސީ،
  • ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ،
  • މިނިސްޓްރީ އޮފް ޖެންޑަރ، ފެމަލީ އެންޑް ސޯސަލްސަރވިސް،
  • މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް،
  • މޯލްޑިވްސް ރެޑް ކުރޮސެންޓް ޔުކޭޝަން
  • ޔުނިސެފް ކަންޓްރީ އޮފީސް އިތުރުން އެޑިޔުކޭޝަން ސެކުޓަރގެ ކަމާގުޅޭ ފަރާތްތައް

މި ކޮމިޓީއަކީ ދިވެހިރާއްޖޭގެ ތައުލީމީ ގާނޫނުންގެ 13ވަނަ މާއްދާއާއި 23ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިއީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ސްކޫލުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މައްޗައް ލާޒީމުކޮށްފައިވާތީއާއި އެޑިޔުކޭޝަނުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ސްކޫލުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުރެ ތެރެއިން މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.