ޚަބަރު

އެމްޑަބްލިޔުއެސްސީގެ ހެލްޕް ޑެސްކެއް ހިޔާ 13 ޓަވަރުގައި


ހިޔާ ފްލެޓްތަކުގެ ފެން ބިލާ ގުޅޭގޮތުން ކަސްޓަމަރުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ހިޔާ ޓަވަރު 13ގައި އެމް.ޑަބްލިޔު.އެސް.ސީން ހެލްޕް ޑެސްކެއް ބަހައްޓައިފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، މި ހެލްފް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުން ފެން ބިލާއި ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމާއި، ފުލެޓްތަކުގެ ފެން މީޓަރު ރަޖިސްޓަރ ކުރެވޭނެކަމަށެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށްވެސް އެދިލެއްވޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ހެލްޕް ޑެސްކް ޤާއިމްކުރެވިފައި ވަނީ މިމަހުގެ 30 އިން ފެށިގެން ޑިސެމްބަރު މަހުގެ 4 އަށް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ. މިއީ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ފެން މީޓަރު ރަޖިސްޓަރކުރުމުގެ ފުރުސަތު ދިނުމާއި، އެފަރާތްތަކަށް ވީހާވެސް ޤާތުން ފެން ބިލާއި ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ޤާއިމުކުރި ޑެސްކެއްކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.

ހިޔާ ފުލެޓްގެ ފެން މީޓަރު ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކުން ވެރިފަރާތުގެ އައި.ޑީ ކާޑާއި އަދި ހިޔާ ފުލެޓް އެގްރީމަންޓްގެ ޞަފްޙާ 29 ގެނަޢުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށްދެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. މީގެއިތުރުން އެޕާޓްމަންޓުތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި، ފެން ލީކެއް އުޅޭކަން ފާހަގަ ކުރެވޭނަމަ ދެން ކަންތައް ކުރަންވީ ގޮތުގެ މަޢުލޫމާތު މި ޑެސްކު މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާ ކުރެވޭނެކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ.