ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ކްލާސްރޫމް އިމާރާތް ކުރުމަށާއި 2 ސްކޫލެއްގައި ހޯލު އިމާރާތް ކުރުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ. އަދި ކުންފުނިތަކުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.
ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ކްލާސްރޫމް އެޅުމަށް ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި މި މަސައްކަތް ނިންމުމަށް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެ ކުންފުނިން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ އޮފް މާކެޓިން ހަސަން އިބްރާހިމްއެވެ.
ގއ.އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުން.
— Ministry of Education (@MoEdumv) February 22, 2022
މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ.
1/2 pic.twitter.com/pBGSZngkMg
މިއަދު ވަނީ ހދ.ނައިވާދޫ ސުކޫލް ހޯލު އިމާރާތުގެ މަސައްކަތް ކުރުމަށް ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާވެސް ހަވަލުކޮށްފައެވެ. އެ ކުންފުނިން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ތަސީން ޢަލީއެވެ. 1 އަހަރުދުވަހުގެ ތެރޭ މި މަސައްކަތް ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ނުވަ މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ.
އަދި މިއަދު ވަނީ ގއ.އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލް އިމާރާތުގެ މަސައްކަތް ކަރާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކޮށްފައެވެ. މިގޮތުން މި މަސައްކަތް ކުރުމަށްޓަކައި އެގާރަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަސަން ވަހީދުއެވެ.
ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ އިތުރު ކްލާސްރޫމްތައް އިމާރާތްކުރުމާއި މަލްޓިޕާރޕަސް ހޯލްފަދަ ތަންތައް އިމާރަތްކޮށްދެމުންނެވެ. ޚާއްސަ ގޮތެއްގައި ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކްލާސްރޫމްތައް އަންނަނީ އިތުރުކުރަމުންނެވެ. މިގޮތުން މިހާރުވެސް މިފަދަ އެތަކެއް މަޝްރޫޢުތަކެއް ހިގަމުން އަންނަކަން ފާހަގަކުރެވެއެވެ.