ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވައިލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް އެކުލަވައިލައްވައިފިއެވެ. މި ބޯޑު އެކުލަވައިލައްވާފައި ވަނީ 2022 މާރިޗު 01 ވަނަ ދުވަހުއެވެ.

މި ބޯޑަކީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑު އެކުލަވައިލައްވާފައި ވަނީ 7 މެންބަރުންގެ މައްޗަށެވެ.

މި ބޯޑުގައި ހިމެނޭ 7 މެންބަރުންނަކީ

  • 1. ޑޮކްޓަރ ލަވްޝާ މުޙައްމަދު، ކާއިނާތު، ގދ.ތިނަދޫ (ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް)
  • 2. ޑޮކްޓަރ ޢަބްދުﷲ ޢުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)
  • 3. - (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
  • 4. އަލްފާޟިލާ މަރްޔަމް ނާޒްނީން، ހ.ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)
  • 5. އަލްފާޟިލާ ޖީޒާ ޙަސަން، ނީލުގެ، ގދ.ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)
  • 6. އަލްފާޟިލް ސަޢުދު ޢަލީ، ޢަބުހަރީއާގެ، ގދ.ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)
  • 7. - (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ ޑޮކްޓަރ ލަވްޝާ މުޙައްމަދެވެ. ގދ. ތިނަދޫ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ހޮސްޕިޓަލެވެ.

ސަރުކާރުން އަންނަނީ އެ ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް، ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.