ކުޅިވަރު

މަސްއޮޑި ބަލިކޮށް ބަޖިއާއިން އެޗްވީސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި


މަސްއޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް ބަޖިއާއިން އެޗްވީސީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ބަޖިއާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމު ބަޖިއާގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ޝާއްޕެ ވަނީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަޖިއާގެ ޖާޒީ ނަމްބަރު 13 ޖުމައިލް ޖަމީލެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ ދެއޮޅުންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޓީމު ބަޖިއާގެ އަބްދުﷲ ޝާފިއު އާއި އެ ޓީމުގެ ޝާމިން މުޙައްމަދު ނަސީރާއި، މަސްއޮޑި ޓައިޓަންސްގެ ޔުސްލާން މުޙައްމަދާއި، މަސްއޮޑި ސްޕޯޓްސް ކުލަބުގެ މުޙައްމަދު ވިލްފް އަދި އެފްސީ ފައިގަތަޅާގެ އަލީ ސިމާހެވެ.

ހުޅުމާލެ ވެޓެރަންސް ކުލަބުން އިންތިޒާމުކުރި މި މުބާރާތުގެ ކުޅުން ފެށީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހެވެ. މި މުބާރާތުގައި 32 ޓީމެއް ވަނީ ވާދަކުރިއިރު، މުބާރާތުގައި ޖުމްލަ 62 މެޗު ވަނީ ކުޅެފައެވެ.