ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގައި މި ވަގުތު ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ ކަމުގައި ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ސީއައިއީއެސް ފުޓްބޯލް އޮބްޒަވޭޓަރީއިން ހަދާފައިވާ ދިރާސާއަކުންނެވެ. މިއަންނަ ސީޒަނަށް ރެއާލް މެދްރިދަށް ބަދަލުވުމުގެ ފުރުސަތު ލިބުމާއެކުވެސް އެކަން ގަބޫލް ނުކޮށް ޕީއެސްޖީ ގައި މަޑުކުރަން ނިންމާ އެމްބާޕޭ މިލިސްޓުގެ އެންމެ ކުރިއަށް އަރަނީ އޭނާގެ ޓްރަންސްފަރގެ އަގު ސަތޭކަ ހަތްދިހަ ފަހެއް ޕޮއިންޓް ހަތެއް މިލިއަން ޕައުންޑަށް އަރާނެކަމަށް އަންދާޒާ ކުރެވިފައިވާތީއެވެ. މިލިސްޓުގެ ދެވަނަ ލިބެނީ ރެއާލް މެޑްރިޑްގެ ކުރިއަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއަރއަށެވެ. އޭނާގެ އަގު އުޅެނީ ސަތޭކަ ފަންސާސް އަށެއް ޕޮއިންޓް ތިނެއް މިލިއަން ޕައުންޑްގައެވެ. އަދި މިލިސްޓްުގެ ތިންވަނައިގާ އުޅެނީ މިއަންނަ ސީޒަނަށް މެންޗެސްޓަރ ސިޓީއަށް ބަދަލުވި ނޯވޭގެ ފޯވަޑް އަރލިންގ ހާލަންޑްއެވެ. އޭނާގެ އަގު އުޅެނީ ސަތޭކަ ތިރީސް ޕޮއިންޓް ހަތަރެއް މިލިއަން ޕައުންޑްގައެވެ.
ބޮރޫޝިއާ ޑޯޓްމުންޑްގެ މެދުތެރެއަށް ކުޅޭ ޖޫޑް ބެލިންގހަމްގެ އަގު އުޅެނީ ސަތޭކަ ސާދަ ޕޮއިންޓް އެކެއް މިލިއަން ޕައުންޑްގައެވެ. މިލިސްޓްގެ ފުރަތަމަ ދަތޭކަ ކުޅުންތެރިންނަށް ބަލާލާއިރު އެންމެ ގިނައީ އިންގްލިޝް ޕްރިމިއަރ ލީގަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މިގޮތުން 41 ކުޅުންތެރިން މީގެ ތެޜޭގައި ހިމެނެއެވެ. މިލިސްޓްގައި ހިމެނޭ އެންމެ އަގުހުރި ޑިފެންދަރަކީ ސިޓީއަށް ކުޅޭ ޕޯޗުގަލްގެ ކުޅުންތެރިޔާ ރުބެން ޑިއާޒްއެވެ. އޭނާގެ އަގުއުޅެނީ ނުވަދިހަ ތިނެއް ޕޮއިންތް ހައެއް މިލިއަން ޕައުންޑްގައެވެ. އަދި އެންމެ ދުވަސްވީ ކުޅުންތެރިއަކަށް މިލިސްޓުގައި ހިމެނިފައިވަނީ ސިޓީގެ 30 އަހަރުވީ ބެލްޖިއަމްގެ ތަޖްރިބާކާރު ކުލުންތެރިޔާ ކެވިން ޑި ބްރއުިނަރއެވެ. އަދި އެންމެ ޒުވާން ކުޅުންތެރިއަކަށް ހިމެނިފައިވަނީ ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ އުމުރުން 17 އަހަރުގެ ގާވީއެވެ.