އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅޭ ސެނެގާލްގެ ކުޅުންތެރިޔާ ސަޑިއޯ މާނޭ ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކަށް ވިއްކާލުމަށް އެކްލަބްގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެއެވެ.
މަޢުލޫމާތުލިބިފައިވާގޮތުގައި ލިވަޕޫލުން މާނޭ ވިއްކާލުމަށް އެއްބަސްވެފައިވަނީ 41 މިލިއަން ޔޫރޯގެ އަގަކަށެވެ.
މިއެއްބަސްވުމުގައި ވާގޮތުން ލިވަޕޫލަށް އެއްފަހަރާ ލިބޭނީ 32 މިލިއަން ޔޫރޯއެވެ. އަދި މާނޭ ބަޔޭންއަށް ކުޅޭ މެޗްތަކަށް ބަލާ 6 މިލިއަން ފަހުން ލިބޭނެއިރު މާނޭ އަމިއްލަ ގޮތުން ހޯދާ ކާމިޔާބީތަކާއި ގުޅިގެން އިތުރު ތިން މިލިއަން ލިބިގެންދާނެއެވެ. ލިވަޕޫލާއި ބަޔޭންގެ މެދުގައި އެއްބަސްވުމަކަށް މިއާދެވުނީ ބަޔޭންއިން އެންމެ ފުރަތަމަ ހުށަހެޅި ދެ ހުށަހެޅުންވެސް ލިވަޕޫލުން ގަބޫލް ނުކޮށް ދޫކޮށްލިފަހުންނެވެ.
މާނޭ ލިވަޕޫލާއި ގުޅިފައިވަނީ 2016 ވަނަ އަހަރު ސައުތެމްޕްޓަންއިން 31 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އިތުރު ކަންތައްތަކާއެކު އިތުރު ދޭއްޕޮއިންޓް ފަހެއް މިލިއަން ޕައުންޑް އިތުރު ވެގެންދިޔަ ކަމަށްވެއެވެ. މާނޭވަނީ ލިވަޕޫލަށް ޕްރިމިއަރ ލީގުގައި 90 ލަނޑު ޖަހާދީފައެވެ. ލިވަޕޫލުން މިހާރުވަނީ މާނޭގެ ބަަދަލުގައި ބެންފީކާގެ ފޯވަޑް ޑަރވިން ނޫނޭޒް 64 މިލިއަން ޕައުންޑްގެ އަގަކަށް ސޮއިކޮށްފައެވެ. މާނޭ ވެފައިވަނީ ލިވަޕޫލްގެ ނުރައްކާތެރި ފޯވަޑް ލައިންގައި މުހަންމަދު ސަލާހް އާއި ރޮބާޓޯ ފިރްމީނޯ އާއި އެކު އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާއަށެވެ.