ކުޅިވަރު

ސްޓާލިން ގެންދިޔުމަށް ޗެލްސީން އަމާޒުހިފައިފި


ކުރިއަށް އޮތް ސީޒަނަށް ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ރަހީމް ސްޓާލިން ގެންދިއުމަށް ޗެލްސީން އަމާޒުހިފައިފިއެވެ.

ސްޓަރލިންގ ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ސީޒަނާއެކު ނިމޭނެއެވެ. އެއްބަސްވުމުގެ މުއްދަތު އެއް އަހަރަށް ކުޑަވިއިރުވެސް، އެއްބަސްވުން އާކޮށްފައި ނުވުމުން އޭނާގެ މުސްތަގްބަލާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ބޭރުގެ ގިނަ ކުލަބުތަކަކުން އަންނަނީ ސްޓާލިން ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ޗެލްސީއިން ހާމަކުރާގޮތުގައި އެ ކުލަބަށް އޭނާ އިނގިރޭސި ޕްރިމިއާ ލީގުގައި ދެމިހުރުމަށް ޝައުގުވެރިކުރުވިދާނެއެވެ. އަދި މިއަންނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލިގުގެ ފުރުސަތު އެ ކުލަބަށް އޮތުމާއެކު، މިއީ ސްޓާލިން އެ ކްލަބަށް އައުމަށް ބާރު އެޅޭނެ އިތުރު ކަމެއް ކަމަށްވެސް ޗެލްސީން ވަނީ ހާމަކޮށްފައެވެ.

މިދިޔަ ސީޒަންގައި ސްޓާލިން ވަނީ ޕްރިމިއާ ލީގުގައި ސިޓީއަށް 30 މެޗު ކުޅެދީ ،13 ލަނޑު ޖަހާދީފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ބައްދަލުކޮށް ބަލިވި ސެމީ ފައިނަލްގެ ދެ މެޗްގައިވެސް އޭނާ އިނީ ބެންޗްގައެވެ. އަދި ލީގުގެ ފަހު މެޗުގައި އެސްޓަން ވިލާއާ ދެކޮޅަށް ބެންޗުން ފެށި ނަމަވެސް، ދެވަނަ ހާފްގައި ކުޅެން އަރައި އެނާ ވަނީ ލީގު ކާމިޔާބުކުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ސިޓީން އެ މެޗްގައި ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.