ޚަބަރު

އިނގިރޭސިވިލާތުގެ އިންފްލޭޝަންވެސް ރެކޯޑު އަދަދަކަށް މަތިވެއްޖެ


ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިންފްލޭޝަން މަތިވަމުންދާ މި ދަނޑިވަޅުގައި އިނގިރޭސިވިލާތުގެ އިންފްލޭޝަންވެސް ރެކޯޑު އަދަދަކަށް މަތިވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލި އެޤައުމުގެ އިންފްލޭޝަން ވަނީ %9.4 އަށް އަރާފައެވެ. މިއީ އިނގިރޭސިވިލާތުގެ އިންފްލޭޝަން ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި މިހާ މަތިވި ފުރަތަމަ ފަހަރެވެ. އެ ޤައުމުގެ މެއި މަހުގެ އިންފްލޭޝަން ހުރީ %9.1 ގައެވެ.

މިދިޔަ ޑިސެމްބަރު މަހަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކުން ވަނީ ފަސްގުނަ އިތުރުކޮށް، %1.25 އަށް އިންޓަރެސްޓް ރޭޓު އިތުރުކޮށްފައެވެ. މިއަދަދު މީގެކުރިން ހުރީ ރެކޯޑު އަދަދަކަށް ދަށްވެ %0.1 ގައެވެ.

އަހަރުގެ ކުރިއަށްއޮތްތަނުގައި އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓު ދެގުނައަށް އިތުރުވާނެކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުން ލަފާކުރެއެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި ހެދި ގިނަ ޤައުމުތަކުގެ އިންފްލޭޝަން ރޭޓު ވަނީ ރެކޯޑު އަދަދަކަށް މަތިވެފައެވެ.

މިކަމުގެ ސަބަބުން މަރުކަޒީ ބޭންކުތަކަށް ވަނީ އިންޓަރެސްޓު ރޭޓު މަތިކުރަން ޖެހިފައެވެ. މިއާއިއެކު ލޯނު ނޭގުމަށްފަހު ދޭ ފައިސާގެ އަދަދު އިތުރުވެ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ގެއްލުން ވާނެއެވެ.