ކެނޭޑިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެނުންގެ ސިންގަސްލް އިވެންޓުގެ ކްއާޓާ ފައިނަލަށް ނުގޮސް ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ޕޯލަންޑުގެ އީގާ ސްވިއަޓެކް ކަޓައިފިއެވެ.
އޭނާ ބަލިވެފައިވަނީ މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލްގެ ބީޓްރިޒް ހަދާދް މާއިއާ އާއި ބައްދަލުކޮށެވެ.
މި މެޗް މައިއާ ކާމިޔާބުކޮށްފައިވަނީ ދެ ސެޓް އެއްސެޓުންނެވެ. އެއީ ހައެއް ހަތަރެއް، ތިނެއް ހައެއް އަދި ހަތެއް ފަހަކުންނެވެ. މައިއާވަނީ މީގެކުރިން ޔޫއެސް އޯޕަންގެ ފައިނަލުން ޖާގަހޯދި ލޭލާ ފެނާންޑޭޒްވެސް މިމުބާރާތުގައި ބަލިކޮށްފައެވެ. މިމުބާރާތުގެ ކްއާތަރ ފައިނަލުންވަނީ 10 ވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ކޮކޯ ގައުފްވެސް ޖާގަހޯދާފައެވެ. އޭނާ ކްއާޓާ ފައިނަލުން ޖާގަހޯދީ ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއި ބައްދަލުކުރިމެޗް 2 ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ފަހެއް، ހައެއް ހަތަރެއް އަދި ހަތެއް ހަޔަކުންނެވެ.
ކުރީގެ އެއްވަނަ ކުޅުންތެރިއެއްކަމަށްވާ ސިމޯނާ ހަލެޕްވަނީ ސްވިޓްޒަލަންޑްގެ ޖިލް ޓެއިޗްމަން އާއި ބައްދަލުކޮށް މޮޅުވެފައެވެ. މިމެޗް ކާމިޔާބުކޮށް ހަލެޕް ކްއާޓަރ ފައިނަލުން ޖާގަހޯދީ ހައެއް ދެއެއް އަދި ހަތެއް ފަހަކުންނެވެ.