ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: ކޮމެޓްސް މޮޅުވިއިރު، ވިޔަންސާ އާއި އައިޒީއަށް ޕޮއިންޓެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކޮމެޓްސްއިން ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ވިޔަންސާ އާއި އައިޒީ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ކުޅިވަރު އެކުވެނީ އެއް ނަންބަރ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ކޮމެޓްސް ކާމިޔާބުކޮށްފައި ވަނީ ނިއުސްޓާރ އާއި ބައްދަލުކޮށް ކޮމެޓްސް ކާމިޔާބުކުރީ 43 ލަނޑުންއެވެ. ދެވަނަ މެޗް ވިޔަންޒާއާއި އައިޒީ މެޗް ވިއްސާރަވުމުގެ ސަބަބުން މެޗު ކޮންމެ ޓީމަކަށް އެއް ޕޮއިންޓާއެކު ނިންމާލީއެވެ.

ފުރަތަމަ މެޗުގެ ގުރުދިމާވުމުން ކޮމެޓްސް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެންއަރާ ހަތް އޯވަރު ކުޅުނުތަނާ މެޗް ހުއްޓާލުމުން އަމްޕަޔަރުން ނިންމީ 18 އޯވަރު ކުޅުމަށެވެ. އެއާއެކު 18 އޯވަރުގެތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން އެ ޓީމު ވަނީ 142 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 49 ލަނޑު ހެދި ސައުފް ހަސަން އާއި 42 ލަނޑު ހެދި އިބްރާހިމް އަލީ އެވެ.

ޖަވާބުގައި ނިއުސްޓާ ކުޅެންއަރާ 18 އޯވަރު ހަމަވިއިރު ހެދިފައިވަނީ 6 ކުޅުންތެރިން ނުބައިވެގެން 109 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 22 ލަނޑު ހެދި ރުބެލް އެވެ.

ދެވަނަ މެޗް ގުރުދިމާވުމުން އައިޒީ ގަސްދުކުރީ ހޮވުމަށެވެ. މެޗު 11 އޯވަރަށް ކުރުކުރުމަށް ފަހުގައެވެ. ވިޔަންޒާ ކުޅެންއަރާ 5 ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހެފދިއެވެ. އައިޒީ ކުޅެންއަރާ 3.5 ވަނަ އޯވަރުގައި ވިއްސާރަވެގެން ހުއްޓާލިއިރު ހެދިފައިވަނީ 4 ކުޅުންތެރިން ނުބައިވެގެން 31 ލަނޑެވެ.

މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގައެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާލޭ ސްޕޯރޓްސް އާއި ސީބީއެލް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ މިލާންއާއި ނިއުސްޓާއެވެ.