ކުޅިވަރު

ޗެލްސީން ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށްފި


އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ން ފަހަތުން އަރައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ވެސްޓް ހޭމްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކެޕްޓަން ޑެގްނީ ބްރަޔަންޔާސްޑޮޓަރއެވެ.

މިމެޗްގައި ޗެލްސީއިން އެއްވަރު ކުރި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ކަރބީއެވެ. އަދި ފޯވަޑް ސޭމް ކާރވަނީ މެޗްގެ 58 ވަނަ މިނެޓްގައި މިމެޗްގައި ފުރަތަމަ ފަހަރަށް ޗެލްސީއަށް ލީޑު ނަގާދީފައެވެ. މިލަނޑު ޖެހުމުގެ ކުރިން ކާރ ފޮނުވާި ދެހަމަލާއެއްވަނީ ވެސްޓް ހޭމްގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. މިމެޗްގައި ޗެލްސީއިން ޖެހި ފަހު ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ މިލީ ބްރައިޓަންއެވެ. މިމެޗްގެ 77 ވަނަ މިނެޓްގައި ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެން ދިޔަ ނަމަވެސް ރީސް ޖޭމްސްގެ ލޯރެން ޖޭމްސް ފޮނުވާލި ޕެނަލްޓީވަނީ ވެސްޓް ހޭމްގެ ކީޕަރ މެކެންޒީ އާނޯލްދް ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ ވިމެން މިހާރު މިވަނީ މިފަހަރުގެ ސީޒަންގައި ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗް ކާމިޔާބުކޮށް ލިބިފައިވާ ހަ ޕޮއިންޓައެކު ތާވަލްގެ ހަތަރުވަނައަށް އަރާފައެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑް ވިމެން އުޅެނީ ތިން ޕޮއިންޓާއެކު 9 ވަނައިގައެވެ.